ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދެއްވަދޫގައި ފްލޯޓިންގ ވޯޓަރ ޕާރކް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުޕްމަންޓްސް ފޯރުކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން

ގއ. ދެއްވަދޫގައި ފްލޯޓިންގ ވޯޓަރ ޕާރކް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުޕްމަންޓްސް ފޯރުކޮށްދީ އިންސްޓޯލް ކޮށްދޭނެ  ފަރާތެއް ހޯދުމާއިބެހޭ

 

       ގއ. ދެއްވަދޫގައި ފްލޯޓިންގ ވޯޓަރ ޕާރކް ތަރައްޤީ ކުރުމަށް ބޭނުންވާ އިކުޕްމަންޓްސް ފޯރުކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2025 ވާ އަންގާރަ ދުވަހުން ފެށިގެން 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް  ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިޕްރޮޖެކްޓްގެ މައުލޫމާތު ޝީޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        14 ޛުލްޙިއްޖާ   1446 

                        10  ޖޫން     2025 

10 ޖޫން 2025
ހޯދާ